މަންމާއެވެ. މަންމަގެ އެންމެ ހަގު ދަރިފުޅު، އަޅުގަނޑުގެ އުމުރުން
މިހާރު 20 އަހަރަށްވުރެ ގިނަދުވަސް ވީއެވެ. މަންމަގެ އުމުރުން 50 އަށް ވުރެ
މައްޗަށް ދިޔައީއެވެ. ހުރިހާ ދަރިން ބޮޑެތި ވެއްޖެއެވެ. މިހާރުތީ 3
ކުދިންގެ މާމަވެސް މެއެވެ. އެކަމަކު މިއަދުވެސް ތި އުޅެނީ ހީވާގިކަމާއެކު
މެދުކެނޑުމެއްނެތި އަޅުގަނޑުމެންގެ ޚިދުމަތުގައެވެ. އަޅުގަނޑުމެންގެ
މުހުތާދުތައް ފިލުވައިދިނުމުގައެވެ. އަޅުގަނޑުމެން ބޭނުންވާ
ހުރިހާކަމެއްކޮށްދެމުންނެވެ. ދުވާލުގެ ހަތަރު ދަން ތި ހޭދަކޮއްލަނީ
އަޅުގަނޑުމެންނަށް ޓަކައެވެ. އަޅުގަނޑުމެންނަށް މީރުހާ ކާއެއްޗެއް
ހަދައިދެއެވެ. އެންމެ ރީތި އަންނައުނު ގަނެދެއެވެ. ލޯބިން ބައްދާލާ
ނިތްކުރީގައި ބޮސްދެމުން މަންމަ އަޅުގަނޑުމެންދެކެ ވާލޯބި އަންގައިދެއެވެ.
މަންމާއެވެ. މަންމަ، މަންމައެއްގެ ވަޒީފާ މިހާ ގިނަ ދުވަސްވަންދެން
އަދާކުރާއިރު ހަމަ އެއްގޮތަކަށްވެސް ފޫހިނުވޭ ހެއްޔެވެ؟ ވަރުބަލި
ނުވޭހެއްޔެވެ؟ ދުވަހަކުވެސް ސަލާމް ނުބުނަނީ ކީއްވެހެއްޔެވެ؟ ނޫނީ ޗުއްޓީ
ނުނަގަނީ ކީއްވެ ހެއްޔެވެ؟ އެހެން މަންމައިން ދަރިން ބެލުމުގެ ވަޒީފާއިން
ޗުއްޓީނަގާތަން އަޅުގަނޑަށް ފެނެއެވެ. އެއްބައި މައިން ދަރިން ވިއްކާތަނާއި
ބޭނުން މީހަކު ގެންދަން ދޫކޮށްލާތަން ފެނެއެވެ. އަނެއްމައިން ދަރިފުޅު
ހަމަ ވިހާތަނުން ވަޒީފާއިން ކެނޑެނީ އެދަރިފުޅު މޫދަށް ނޫނީ ކޮންމެވެސް
އެހެންތަނަކަށް އެއްލާލައިގެންނެވެ. އެކުދިން އެކުދިންގެ މަންމައަށް އެންމެ
ބޭނުންވާ ދުވަހު އެމަންމަމެން އެހެން ހެދުމުން އެކުދިން ދެރަވާނެ
ބާވައެވެ؟ އެކުދިން ހިތާމަކުރާނެ ބާވައެވެ؟ އެކުދިން އެކުދިންގެ މަންމަ
ދެކެ ލޯބިވާނެބާވައެވެ؟ އެކުދީންގެ އިހުސާސްތައް އަޅުގަނޑަށް އެނގޭނީ
ކިހެނެއް ހެއްޔެވެ؟ ތިޔަ މަންމަ ދުވަހަކުވެސް އަޅުގަނޑަށް އެފަދަ ކަމެއް
އިހުސާސްވިޔަކަ ނުދެއެވެ. އެފަދަ އެއްޗެއް ހިތަށް އަރާނެ ފުރުސަތުވެސް
ނުދެއެވެ. އަޅުގަނޑު ހިތްހަމަ ނުޖެހޭ އެއްވެސްކަމެއް ތިޔަ މަންމަގެ
ފަރާތުން ނުފެނެއެވެ.
މަންމާއެވެ. އެޚަބަރުތައް ބަލާފައި މަންމަގެ ލޮލުން ކަރުނަ އަންނަތަން
އަޅުގަނޑު ދެކެމެވެ. އެއީ ކީއްވެ ހެއްޔެވެ؟ އެއީ މަންމަގެ ދަރިންނެއްވެސް
ނޫނޭނުން ހެއްޔެވެ؟ އެއީ މަންމަ އާ ވާބައެއްވެސް ނޫނެއްނު ހެއްޔެވެ؟
އެކުދިންނަށް ވެސް ތި މަންމަގެ މައިވަންތަކަމުގެ ލޯބި ހުންނަނީ ހެއްޔެވެ؟
އެކަމަކު އަޅުގަނޑަށް އަނިޔާއެއް ވުމުން މަންމަ ރޯތަނެއް އަޅުގަނޑު
ނުދެކެމެވެ. އަދި ހަދާނެއްވެސް ނުހުރެއެވެ. އަސްތާއެވެ! ހަނދާން ހުންނާނީ
ކިހެނެއްހެއްޔެވެ؟ މަންމަ ދުވަހަކުވެސް އަޅުގަނޑަށް ދެރަކަމެއް ވިޔަކަ
ނުދޭވިއްޔާއެވެ. އަބަދުވެސް މަންމަ ހުންނަނީ އަޅުގަނޑަށް ކަމެއް ވެދާނެތީ
ބަލަބަލާ ވިއްޔާއެވެ.
މަންމާއެވެ. އަޅުގަނޑު ނުކާންވެގެން ބޮޑަހާކާތީ އަޅުގަނޑާ ދިމާއަށް
މަންމަ ބާރަށް އެއްޗެހި ބުނާ ހަނދާން އަޅުގަނޑުހުރެއެވެ. ބޭބެމެންނަށް
އުނދަގޫކޮށް ތޮޅެހަދާތީ މަންމަ އަޅުގަނޑުމެންނަށް އަދަބު ދޭ ހަނދާންވެސް
އަޅުގަނޑު ހުރެއެވެ. އެދުވަހު މަންމަ އެހެންކަންތައްކުރުމުން އަޅުގަނޑު
މަންމަ ދެކެ ރުޅިއައިސް ތުންދެމީމެވެ. ހިތްހަމަނުޖެހިގެން މަންމައާއި
ދިމާއަށް އަތްއުކީމެވެ. މަންމަ އަދަބު ދޭތީ މަންމައަކީ ހާދަ ގޯސް
މީހެކޭވެސް ހިތަށް އެރިފަހަރު ދިޔައެވެ. އެހެންނަމަވެސް އެކަމާ
ހިތާމަކުރެވެނީވެސް އުފާ ކުރެވެނީވެސް މިއަދުއެވެ. ހިތާމަކުރެވެނީ
އަޅުގަނޑު ގެ ވިސްނުން ކޮށިކަމާއި މެދުއެވެ. މަންމަ އާއި މެދު އެފަދަގޮތަށް
ހީކުރެވުމުންނެވެ. އުފާ ކުރެވެނީ މަންމަ އަޅުގަނޑަށް އަދަބު ދިނީތީއެވެ.
މަންމަ އަޅުގަނޑަށް ރަނގަޅާއި ނުބައި އޮޅުން ފިލުވައި ދިނީތީއެވެ. މަންމަ
އަޅުގަނޑަށް ދިނީ އަދަބެވެ. މިހާރު އެއްބައި މައިން ދަރިންނަށް އަދަބު
ދިނުމުގެ ނަމުގައި އަނިޔާކުރާގޮތަށް އަނިޔާކުރީއެއް ނޫނެވެ. މަންމަ
އަޅުގަނޑަށް ދިނީ ނަސޭހަތެވެ. މަންމައަކު ދަރިއަކާދިމާއަށް ކިޔަން ނުވާ
ދަރަޖައިގެ އެއްޗެހި އަޅުގަނޑާ ދިމާއަށް ގޮވާ ހަޅޭއްލެވީއެއް ނޫނެވެ.
މަންމާއެވެ. މަންމަ އަޅުގަނޑުމެންނަށްޓަކައި ހާދަހާ ބޮޑެތި ބުރަތަކެއް
އުފުލައިފީމުއެވެ. އަޅުގަނޑުމެންގެ ކުރިމަގު އުޖާލާކޮށްދިނުމަށްޓަކައި
މަންމަގެ އެތަކެއް އުފާތަކަކާއި ވަގުތުތަކެއް ޤުރުބާން ކޮއްފީމުއެވެ. އަދި
މަންމަ މުސްކުޅިވީ ދުވަހުވެސް އަޅުގަނޑުމެންނަށް ޚިދުމަތްކޮށްދެމުން،
މިހާރު ތިޔަ އަތުކުރި އޮޅާލީ މާމަދަރިން ބެލުމަށެވެ. އެކަމަކު ދުވަހަކުވެސް
ތިޔަ ކޮއްދޭ ކަންކަމުގެ ބަދަލަކަށް ނޭދެމުއެވެ. މަންމައަށް އެހީތެރިވެދޭން
އަޅުގަނޑުމެންނަށް އެއްވެސްކަމެއް ނުކޮށްދެވޭއިރުވެސް ތިޔަ މަންމަގެ
އެއްވެސް ޝަކުވާއެއް ހިތްބުރަކަމެއް ނެތެވެ. އަބަދުވެސް ތިޔަ މަންމަގެ
މޫނުމަތިން ފެންނަނީ އުޖާލާކަމެވެ. ހިތްހަމަޖެހުމާއި އުފާވެރިކަމެވެ.
އަބަދުވެސް ތިޔަ އިންނަނީ އަޅުގަނޑުމެން ކަމަކަށް އެދޭނެ ވަގުތެއްގެ
އިންތިޒާރުގައެވެ. އެއީ ހަމަ މައިވަންތަކަމުގެ ކުލުނުހެއްޔެވެ؟ މަންމަ
އަޅުގަނޑުމެންދެކެ ހަމަ އެހާ ބޮޑަށް ލޯބި ވޭހެއްޔެވެ؟ އަޅުގަނޑަށް ހަމަ
ޔަގީނެވެ.
މަންމާއެވެ. މަންމަގެ ތިޔަ އޯގާތެރިކަމުން އަޅުގަނޑުމެން ތިޔަ ހަދައި
ދިނީ ހާދަ ނަސީބުގަދަ ބަޔަކަށެވެ. ހާދަ އުފާވެރި ބަޔަކަށެވެ. އެކަން
ދުވަހަކުވެސް އަޅުގަނޑު ހަދާންނައްތައެއް ނުލާނަމެވެ. މިހާރުގެ ގިނަ
ޒުވާނުން އެމީހުންގެ މައިންބަފައިން މުސްކުޅިވާދުވަހު ނުބަލާ އެއްލައިލާ،
ނޫންނަމަ ބަލަން ބޮޑުކަމަކަށްވެގެން އެމީހުންނަކީ ޖެހިފައިވާ ބަލާއަކަށް
ހަދާގޮތަށް ތިޔަ މަންމައަކަށް ނުހަދާނަމެވެ. ތިޔަ މަންމަގެ ހިތުގަ ޖެހޭ
އެންމެ ކުޑަ ލަފުޒެއްވެސް ނުބުނާނަމެވެ. އެއްވެސް ބާރެއްނެތް
ކުޑަކުއްޖެއްގެ ގޮތުގައި އަޅުގަނޑު އޮތްދުވަހު ތިޔަ މަންމަގެ އޯގާވެރި
އުނގުތެރޭގައި ބަލައި ބޮޑުކޮށް، އަޅުގަނޑު މީހަކަށް ތިޔަ ހެދި ހެދުން
ފަނުފުލުން ދިޔަކަނުދޭނަމެވެ. މަންމަ ތިޔަ ކޮއްދެއްވާ އަގުނުކުރެވޭ
ގިނަގުނަ ކަންތައްތަކަށް ޝުކުރުވެރިވާ ހާލު، ތިޔަ މަންމައަށްޓަކައި އަދި
ދުނިޔޭގެ ހުރިހާ މައިންނަށްޓަކައި ހެޔޮ ދުޢާކުރުންމަތީ ދެމި ހުންނާނަމެވެ.
މަންމައަށް ހެޔޮ ރަޙްމަތްލައްވާ ދިގު ޢުމުރެއްދެއްވާށިއެވެ. އާމީން!
“ހުރިހާ ދަރީންގެ ފަރާތުން އެންމެހާ މައިންނަށް އުފާވެރި މަންމައިންގެ ދުވަހުގެ ތަހުނިޔާ އަރިސް ކުރަމެވެ.”
ލިޔުނީ: ހާޝިމް އަބޫބަކުރު
މަސްދަރު: ކުޅުއްފުށި އޮންލައިން
Home »
ކޮލަމް
» މަންމައަށް ޝުކުރިއްޔާ!!
Saved under : ކޮލަމް
މަންމައަށް ޝުކުރިއްޔާ!!
Posted by : Unknown on :Thursday, July 4, 2013 0 comments
Saved under : ކޮލަމް
by Unknown
Donec dictum suscipit nibh in malesuada. Proin sit amet metus vel massa volutpat ornare. Pel len tesque vel nunc a lacus gravida euismod. Maecenas vel nunc nec magna sodales fermentum cursus non felis amet metus vel massa volutpat
Related Posts
Flickr Photo Stream
-
މިއަހަރުގެ ދިރާސީ ކަލަންޑަރުގައި ފާހަގަކުރެވިފައިވާ ތިންވަނަ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޑޭ މިއަދު އަތޮޅުގެ ސްކޫލް ތަކުގައި ފާހަގަ ކުރަމ...
-
ލ. ގަމުގައި ކައްކާ ގޭސް ހުސްވެ، އެރަށު ރައްޔިތުން ދަރުއުނދުނުން ކައްކަން ފަށާފައިވާ ކަމަށް ގަމު ކައުންސިލުން ބުނެފި އެވެ. މީޑިއާއަކަށް މ...
-
" ހަމަ މިހާރު ކަލޭގެެ ވާހަކަ އަހަންނަށް ކިޔައިދީ، އެހެން ނޫނީ އަހަރެން ކަލެޔަށް ކޮންމެފަދަ އަނިޔާއެއްވެސް ދީފާނަން. އަދި ކަލޭ މ...
-
ރާއްޖެއަށް ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތެއްގައި ފުރަތަމަ ގޯލް ޖަހައިދިން އަބްދުއް ރަޝީދު (ޖުލޭ) މީގެ އިރުކޮޅެއް ކުރިން އިންޑިއާގެ ޓް...
-
މާހެފުން ދުވަހަށް އަޅާ މާހެފުން އޮޑީގައި މާހެފުން ހެދިކާއަށް ކުރުނބާ ވިއްކަނީ - ފޮޓޯ: އެލްއޭ ނިއުސް "ދުވަސްވަރަކީ1990 ގެ އަހަރުތަ...
-
މަންމާއެވެ. މަންމަގެ އެންމެ ހަގު ދަރިފުޅު، އަޅުގަނޑުގެ އުމުރުން މިހާރު 20 އަހަރަށްވުރެ ގިނަދުވަސް ވީއެވެ. މަންމަގެ އުމުރުން 50 އަށް ވުރެ ...
-
ރައީސް ނަޝިދުގެ ވެރިކަން ވެއްޓުމުން އެކަމާ ބައެއް ފުލުހުން އުފާފާޅުކުރަނީ ފާއިތުވި އަހަރުގެ މުޅި ސިޔާސީވެށި ހަލަބޮލިކޮށްލި މުހިއްމު ހާދި...
-
ލ.އަތޮޅުގައި މަސައްކަތް ކުރާ ފުލުހުންގެ މެދުގައި “ބޮޑެ ބޯޅަޔާ ކަޕް 2013″ ގެ ނަމުގައި މިމަހު 07 ވަނަ ދުވަހު ފެށި ފުޓްބޯޅަ މުބާރާތް ނިމިއ...
-
ލ. އަތޮޅު ތަޢުލީމީ މަރުކަޒަށް 30 އަހަރު ފުރުމުގެ މުނާސަބާ މިއަދު (7 މެއި 2013 ގައި) ފާހަގަ ކުރަމުން އަންނަ އިރު ތަނަށްވަނީ ގިނަގުނަ ތަރައް...
-
ރައީސް މައުމޫންގެ އަނބިކަނބަލުންގެ ބޭބޭފުޅު އިލްޔާސް އިބްރާހިމް ޕީޕީއެމްއިން ވަކިވެވަޑައިގެންފި އެވެ. ރައީސް މައުމޫން ކުރެއްވި ޓުވީޓެއ...
Popular Post
Blog Archive
-
▼
2013
(18)
-
▼
July
(18)
- ކަޝްބީ ޙަޔާތް - ފުރަތަމަ ބައި
- އެއްހާސް އަހަރު – ހަވަނަ ބައި
- މަންމައަށް ޝުކުރިއްޔާ!!
- ވަހީދަށް މަރުޙަބާ ކިޔުމަށް ކުދިން ލައްވާ ނައްޓުވާ ...
- ވެރިކަން ވެއްޓުމާއި ބަޣާވާތް!
- ތިމާވެށީގެ ދުވަސް ފާހަގަ ކުރާއިރު ގޮޑުދޮށްތައް ތަޣ...
- ލ.އަތޮޅުގައި މަސައްކަތް ކުރާ ފުލުހުންގެ މެދުގައި “...
- އެފްއޭއެމް އެވޯޑްސް: މޮޅު ކުޅުންތެރިއާގެ މަގާމު އު...
- މާހެފުން ތައްޔާރުކުރުމާއި މާހެފުން އޮޑި އެޅުން އަދ...
- ރާއްޖެއަށް ފުރަތަމަ ބައިނަލްއަގުވާމީ ގޯލެއް ޖަހައި...
- ރައްޔިތުންގެ ފައިސާ ހުރެ ކައުންސިލުން ރައްޔިތުންނަ...
- ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ތަރައްޤީގެ ދުވެލި
- ކީރިތި ޤުރުއާނުން ޑިގްރީ ޙާސިލްކުރެއްވި އަލްޤާރީ މ...
- މާވަށު ބޭބީ ނާސަރީ ކުއްޖެއްގެ އަތް ޓޭޕުން ބަން ކަމ...
- މި އަހަރުގެ ތިންވަނަ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޑ...
- ލ.ގަމުގައި 142 ދަރިވަރުންނާ އެކު ޔުނިވަސިޓީގެ ކެމް...
- ގަމުން ގޭސް ހުސްވެ ދަރުއުނދުނުން ކައްކަން ފަށައިފި
- އިލްޔާސް އިބްރާހިމް ޕީޕީއެމްއިން ވަކިވެވަޑައިގެންފި
-
▼
July
(18)

No comments: