Home » » އިލްޔާސް އިބްރާހިމް ޕީޕީއެމްއިން ވަކިވެވަޑައިގެންފި

އިލްޔާސް އިބްރާހިމް ޕީޕީއެމްއިން ވަކިވެވަޑައިގެންފި


 ރައީސް މައުމޫންގެ އަނބިކަނބަލުންގެ ބޭބޭފުޅު އިލްޔާސް އިބްރާހިމް ޕީޕީއެމްއިން ވަކިވެވަޑައިގެންފި އެވެ.

ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިލްޔާސް އިބްރާހިމް ޕާޓީ ދޫކުރައްވާފައިވާ ކަމަށާއި މިއަދަކީ ޕީޕީއެމްއަށް ހިތާމަވެރި ދުވަހެއް ކަމަށެވެ.

އަދި އެއީ ޕީޕީއެމްއަށް އަގުހުރި ބޭފުޅެއް ކަން ހާމަކުރައްވަމުން ޕީޕީއެމްއަށްކޮށްދެއްވި ކަންތައްތަކަށްޓަކައި ރައީސް މައުމޫންގެ ޓުވީޓުގައި ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ އިލްޔާސް އިބްރާހިމް ޕާޓީން ވަކިވެވަޑައިގަންނަވަން ސިޓީ އަދި ޕާޓީގެ އޮފީހަށް ފޮނުވާފައިނުވާ ކަމަށެވެ. ނަން ހާމަކުރަން ބޭނުންނުވާ އެ އޮފިޝަލް ވިދާޅުވީ އިލްޔާސް އިބްރާހިމް ޕާޓީން ވަކިވެވވަޑައިގަންނަވަން ނިންމަވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ޕީޕީއެމް ޕްރައިމަރީގައި އިލްޔާސް އިބްރާހިމް ތާއީދުކުރެއްވީ އުމަރު ނަސީރަށެވެ.

އިލްޔާސް އިބްރާހިމް ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި ޓްރާންސްޕޯޓް މިނިސްޓަރުކަމާއި ހެލްތު މިނިސްޓަރުކަން ކުރައްވާފައެވެ. އަދި ސިފައިންގެ ނައިބު ކަމާއި ރައްޔިތުންގެ މަޖިލީހުގެ ލ.އަތޮޅު ގޮނޑި ތަމްސީލް ކުރެއްވި އެވެ.

އިލްޔާސް އިބްރާހިމް ޕީޕީއެމް އިން ވަކިވެފައިވަނީ ސަރުކާރަށް ޖެއްސުންކުރާތީ ކަމަށް އޭނާ އާއި ޙަވާލާދީ ހަވީރު އޮންލައިން އިން ބުނެއެވެ.

މައުމޫން އިސްވެ ކުރިން އުފެއްދެވި ޑީއާރުޕީ އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރުކަން ވެސް ކުރެއްވި އިލްޔާސް މިއަދު "ހަވީރަ"ށް ވިދާޅުވެފައިވަނީ އެއިރެއްގައި އޮންނަ "ސަރުކާރަކަށް ޖެއްސުންކޮށް" ހެދުމަކީ އޭނާ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދި ޕީޕީއެމް މިއަދު ސަރުކާރުގެ ކޯލިޝަން ތެރޭގައި އޮވެ އެގޮތަށް އަމަލުކުރުން ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޯލިޝަންގެ ތެރޭގައި ތިބެގެން ސަރުކާރާ ހިޔާލު ތަފާތުވެ ޖެއްސުން ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން،" ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އުމަރު ނަސީރަށް ތާއީދު ކުރެއްވި އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް އެހެން ވިދާޅުވިއިރު ތަފާތު އެކި ކަންކަމުގައި ޕީޕީއެމުން ގެންދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި ދެ ވަޒީރަކަށް ޕީޕީއެމުން ރުހުމެއް ވެސް ނުދިނެވެ.

އެހެން ޕާޓީއަކާ ގުޅިވަޑައިގަންނަވާނަންތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެފަދަ ނިންމުމެއް އަދި ނުނިންމަވާ ކަމަށެވެ.

އިލްޔާސް ޕީޕީއެމުން ވަކިވެވަޑައިގަތުމާ ގުޅިގެން މައުމޫން މިއަދު ކުރެއްވި "ޓްވީޓެއް"ގައި ވިދާޅުވީ މިއަދަކީ ޕީޕީއެމަށް ވަރަށް ހިތާމަވެރި ދުވަހެއް ކަމަށެވެ.

"އިލްޔާސް އަކީ ޕީޕީއެމަށް ވަރަށް މުހިންމު ބޭފުޅެއް. އަޅުގަނޑުމެންނާ އެކު ފެށުނީއްސުރެ ހުންނެވީތީ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" މައުމޫން ވިދާޅުވި އެވެ.



Saved under :
Avatar

by Unknown

Donec dictum suscipit nibh in malesuada. Proin sit amet metus vel massa volutpat ornare. Pel len tesque vel nunc a lacus gravida euismod. Maecenas vel nunc nec magna sodales fermentum cursus non felis amet metus vel massa volutpat

No comments:

Leave a Reply